ކާށިދުއާއި ކެލާ ފަޅުގައި ރިސޯޓު ހަދަން ބީލަމަށް ހުޅުވާލައިފި

ހއ. ކެލާ އާއި ކ. ކާށިދޫ ފަޅުގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.ޓޫރިޒަމް މިނިސްޓްރީން ވަނީ ހއ. ކެލާގެ ފަޅުގައި ދެ ރިޒޯޓު އަދި ކ. ކާށިދޫ ފަޅުގައި ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލާފަ އެވެ.ޓޫރިޒަމް މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ ދެ އިއުލާނުގައިވާ ގޮތުން، ކާށިދޫގެ ބީލަން ހުޅުވާލާފައިވަނީ:156.2 ހެކްޓަރުގެ ރަށެއް - 12.19 ހެކްޓަރު ހިއްކަން ޖެހޭ އަދި އެ ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ؛ މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 1.99 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ169.3 ހެކްޓަރުގެ ރަށެއް - 12.19 ހެކްޓަރު ހިއްކަން ޖެހޭ އަދި އެ ރަށުގައި ވެސް 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ؛ މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 2.03 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭކާށިދުއަށް ވަކިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ރަށުގެ ފަޅުން:115.21 ހެކްޓަރުގެ ރަށެއް - 10 ހެކްޓަރު ހިއްކަން ޖެހޭ އަދި އެ ރަށުގައި 100 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ؛ މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 2.25 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭމިއިން ކޮންމެ ރަށެއްގެ ބީލަމަށް ވެސް:ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 ޑޮލަރު ހުށަހަޅަން ޖެހޭރިސޯޓް ތަރައްގީކުރުމަށް ބޭނުންވާ ޖުމްލަ އިންވެސްޓްމަންޓުގެ (ކޮންމެ ކޮޓަރިއަކަށް 75،000 ޑޮލަރުގެ މަގުން)، މަދުވެގެން %20 ހުރިކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަން ޖެހޭމި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން ފަސް ވަނަ ދުވަހެވެ.ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް އެ ރަށުގެ ފަޅުތެރެއިން ބިން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމެވީ މިދިޔަ މާޗް މަހު އެވެ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން މިދިޔަ އެމްޑީޕީ ވެރިކަމުގައި ވެސް މަސައްކަތްކުރިއެވެ. އޭރު ވެސް އެ ތަނުގައި ރިސޯޓެއް ތަރައްގީކުރަން ބީލަމަށް ހުޅުވާލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ