ބީއެމްއެލްގެ މުހިންމު ހިދުމަތްތަކެއް ހުއްޓި އާންމުންނަށް ދަތިވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތްތަކާ ގުޅިގެން އެ ބޭންކުގެ މުހިންމު ހިދުމަތްތަކަށް މިއަދު ބުރޫ އަރައިފި އެވެ. މީގެ ތެރޭގައި އޭޓީއެމް، ޕީއޯއެސް މެޝިން ކާޑް އަދި ޕޭމަންޓް ގޭޓްވޭގެ ހިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. 
ވީ ކިހިނެއް؟ - ބީއެމްއެލްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ރޭ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ:
މެއިންޓަނަންސް މަސައްކަތް ކުރިއަށްދާނީ ދަންވަރު 2 އިން ފެށިގެން ހެނދުނު 8 އާ ހަމައަށް ކަމަށް
ނަމަވެސް މިއަދު ހެނދުނު ބޭންކުން ވަނީ މެއިންޓަނަންސް މަސައްކަތަށް ހޭދަވާނެ ކަމަށް ލަފާކުރި ވަގުތަށްވުރެ ދިގުލައިގެން ގޮސްފައިވާ ކަމަށް ބުނެ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައި 
ހިދުމަތްތައް މެދުކެނޑި ގިނައިރުވުމުގެ ސަބަބުން ފައިސާ ދެއްކުން ފަދަ ކަންކަމަށް ގިނަ އަދަދެއްގެ ބީއެމްއެލްގެ ކަސްޓަމަރުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި ވިޔަފާރިތަކުގެ މުއާމަލާތްތަކަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. 
ފާހަގަކޮށްލެވޭ - މެއިންޓަނެންސް މަސައްކަތްތަކާ ވިދިގެން ބީއެމްއެލްގެ ފަވަރައިގެ ހިދުމަތްތައް ވެސް ވަނީ މެދުކެނޑިފަ އެވެ. އަދި މެއިންޓަނަންސް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ވަގުތެއް ބޭންކުން އަދި ނުބުނެ އެވެ.
ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ މެދުކެނޑުނު ހިދުމަތްތައް ކުރިއެކޭ ވެސް އެއްގޮތަށް ވަރަށް އަވަހަށް  ދޭން ފެށޭނޭ ކަމަށެވެ. 
ގުޅުންހުރި - މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ބީއެމްއެލްގެ ހިދުމަތްތަކަށް ދިމާވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުވެސް ބޭންކުގެ ކާޑުގެ ހިދުމަތްތަކާއި، ޕީއޯއެސް މެޝިން އަދި އޭޓީއެމްގެ ހިދުމަތްތަކަށް ބުރޫ އަރައި، އެ މައްސަލަ ހައްލުކުރުން ދިގުލައިގެން ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ