ގަމުގެ އިހުތިސޯސްގައި ބޮޑުފިނޮޅު ހިމަނައިފި

ލ. ގަމުގެ އިހުތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފި އެވެ.ބޮޑުފިނޮޅަކީ ގަމުގެ އުތުރަށް އެއްފަސްގަނޑަކަށް ގުޅިފައިވާ ގޮތަކަށް އޮންނަ ބައެއް ނަމަވެސް ޒަމާނުއްސުރެން ވަކި ފަޅުރަށެއްގެ ގޮތަށް ބަލަމުން އައި ސަރަހައްދެކެވެ.ރިސޯޓެއް ތަރައްގީކުރަން އެ ސަރަހައްދު ދީފައި އޮތުމުގެ ސަބަބުން ވެސް އަހަރުތަކެއް ވަންދެން އެ ރަށް ގަމުގެ ބައެއް ކަމަށް ނުބަލައި އޮތެވެ. ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ވެސް ރަށު ކައުންސިލެއްގެ އިހުތިސޯސްގެ ތެރޭގައި، ސިނާއީ ބޭނުމަކަށް ނޫނީ، ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ސަރުކާރުން ދޫކޮށްފައި އޮންނަ ރަށެއް ނުހިމެނެ އެވެ.ރައީސްގެ މި ނިންމެވުމާއެކު ގަމުގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ