އާ ގަވާއިދުގެ ދަށުން ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި

ދުންފަތް ކޮންޓްރޯލް ކުރުމުގެ އާ ގަވާއިދުގައިވާ ގޮތުގެ މަތީން ދުންފަތް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކުން ހޯދަން ލާޒިމުވާ ލައިސެންސްތަކާއި އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލައިފި އެވެ.
ތަފްސީލް - ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުން، ހަތަރު ބާވަތެއްގެ ލައިސެންސަށް އެދި ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ. އެއިން ކޮންމެ ބާވަތަކަށް ކަނޑައަޅާފައިވާ ފީ ދެއްކުމުން ލައިސެންސް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
މިނިސްޓްރީން ދޫކުރާ ހަތަރު ބާވަތުގެ ލައިސެންސަކީ:
ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް: 5،000ރ.
ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ ލައިސަންސް: 10،000ރ.
ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓުކުރުމުގެ ލައިސަންސް: 10،000ރ.
ދުންފަތުގެ އާ ބާވަތެއް ރަޖިސްޓްރީ ކުރުން: 10،000ރ.
ލައިސަންސް ދޫކުރާ މުއްދަތު ކަމަށްވާ ފަސް އަހަރު ހަމަވާ ތާރީހުގެ ދެ މަސްދުވަސް ނުވަތަ 60 ދުވަސް ކުރިން ލައިސެންސް އާ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ