އިހްސާން ބޭނުންވާ އިރަށް މިނިސްޓަރުން ވަކި ކުރެވޭ ހާލަތަށް ކަންކަން ދިޔުމުން ރައްޔިތުންނަށް ލިބުނު މެސެޖަކީ: މުއިއްޒައަކީ ދެއުޅިއެއް ނުވާ ނާގާބިލު ބޮލެއް ކަން، އަދި ވެރިކަމުގެ ފުރިހަމަ ކޮންޓްރޯލްވެސް މުއިއްޒަށް ނެތްކަން ކަމަށް ޕީއެންސީގެ އިސް ވެރިއަކު ދިޔަވަރު ނޫހަށް ނަން ނުޖަހަން ޝަރުތު ކޮށް މައުލޫމާތު ދެއްވާފިއެވެ.
އެހެން މިނިސްޓަރަކު ނުފޫޒު ފޯރުވައިގެން މިއީ ރާއްޖޭގެ ތާރީޚުގައި މިނިސްޓަރަކު ވަކި ކުރި ފުރަތަމަ ފަހަރެވެ.
އޭނާ ހާމަ ކުރި ގޮތުގައި ފައިސަލް ޓުއަރިޒަމް މިނިސްޓަރު ކަމުން ކަނޑާލީ “އައްޕަތުރޭ” ބޭނުންވެގެންނެވެ. މުއިއްޒަށް މިއަދު އިތުރު ގޮތެއް ނުވެސް ނެތް ކަމަށެވެ. އިތުރު ތަފްސީލް ނުދީ، މުއިއްޒު ހުރީ ކްމޮޕްރޮމައިޒް ވެފައި ކަމަށް އޭނާ ތުހުމަތު ކުރިއެވެ.
ފައިސަލް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނެވެ.
ނަމަވެސް އަބްދުއްރަހީމް 2028 ގައި ވެރިކަމަށް ކުރިމަތިލާފާނެ ކަމަށް ބަލައި، އަބްދުއްރަހީމް އާއި ދެކޮޅުވެ، އަބްދުއްރަހީމް މީނާ ވެރިކަމަށް ގެންނަން ކުރިހާ މަސައްކަތް ހަނދާން ނައްތާލާ އަނިޔާވެރިވީއެވެ.
ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި އަބްދުއްރާހީމްގެ ގާތް ފަރާތްތައް އެމީހުންގެ މަގާމުތަކުން މުއިއްޒު ވަނީ ވަކި ކޮށް, ކުރީގެ މިލިޓަރީ މީހުން މަގާމުތަކަށް އައްޔަން ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް މިއަދު ވަކި ކުރެއްވި އިރު، އޭނާ ރަސްމީ ދަތުރުތައް ކުރުން ހުއްޓާލަން ރައީސް އޮފީހުން ވަނީ އަންގާފައެވެ. ނަމަވެސް މުއިއްޒު އެސްޓޯނިޔާއަށާއި ރާއްޖޭގެ ކަންކޮޅުތަކަށް ރައްޔިތުންގެ ފައިސާ އިސްރާފުކޮށް ދަނީ ދަތުރު ކޮށް ނަގަމުންނެވެ.
ޓުއަރިޒަމް މިނިސްޓަރ ފައިސަލްގެ އިސްތިއުފާއާއި އެކު، މުއިއްޒުގެ ބާރުތައް އިތުރަށް ބަލިކަށިވެ، އިތުރު ކޮންޓްރޯލް ހޯމް މިނިސްޓަރ އަށް ލިބި، މި ވެރިކަން ބާޣާވާތަކުން ހޯމް މިނިސްޓަރ އިހްސާން ފުރޮޅާލުމުގެ ފުރުޞަތު އޮތް ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ދެކެއެވެ.
އިހްސާން ބޭނުންވާ އިރަށް މިނިސްޓަރުން ވަކި ކުރެވޭ ހާލަތަށް ކަންކަން ދިޔުމުން ރައްޔިތުންނަށް ލިބުނު މެސެޖަކީ: މުއިއްޒައަކީ ދެއުޅިއެއް ނުވާ ނާގާބިލު ބޮލެއް ކަން، އަދި ވެރިކަމުގެ ފުރިހަމަ ކޮންޓްރޯލްވެސް މުއިއްޒަށް ނެތްކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ