ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ކަމަށް ބުނެ އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން އިރާނަށް ދެމުންދާ ހަމަލާތައް އެ ގައުމުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑު އަދި ވެރިރަށުގައި ހުންނަ ގޭސް ރައްކާކުރާ މަރުކަޒަކަށް އަމާޒުކޮށްފި އެވެ.
އިރާނު އިސް އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާނާއި ގަތަރުން ހިއްސާވާ ސައުތު ޕާސް ނުވަތަ ނޮދާން ފީލްޑަށް އިޒްރޭލުން ހަމަލާދިނީ އިއްޔެ އެވެ. މި ހަމަލާގައި ގޭސް ފީލްޑުގައި އަލިފާން ރޯވެ ގޭސް އުފެއްދުން ވަނީ ވަގުތީގޮތުން ހުއްޓިފަ އެވެ.
އިޒްރޭލުން ހަމަލާދިން ތެޔޮ ރައްކާކުރާ މަރުކަޒަކީ ވެރިރަށް ޓެހެރާނުގައި ހުންނަ ސަހްރާން އެވެ. ޓެހްރާނުގައި ހުންނަ އެހެން ތެޔޮ ފެސިލިޓީއަކަށް ވެސް އިއްޔެގެ ހަމަލާތައް އަމާޒުވި ކަމަށް ބައެެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މި ހަމަލާތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ވެފައިވާ ކަމަށާއި ހަމަލާ އަމާޒުވި ދެ ޓޭންކުގައި ތެޔޮ ހުރީ ގިނައިން ނޫން ކަމަށް އިރާނުގެ ސަރުކާރުން ރޭ ބުނެފައިވެ އެވެ.
ހުކުރު ދުވަހު އިޒްރޭލުން ފުރަތަމަ ދިން ހަމަލާތަކުގެ އިރާނުގެ ނިއުކްލިއާ މިޝަންގެ އިސް ސައިންސްވެރިންނާއި އަސްކަރީ ކޮމާންޑަރުން މަރާލާފައިވެ އެވެ. އިޒްރޭލުން އަދި އެމެރިކާއިން ތުހުމަތުކުރަނީ އިރާނުން އެޓޮމިކް ބޮމެއް އުފައްދަމުން ކަމަށެވެ.
އިޒްރޭލަށް ރައްދުދީ އިރާނުން ވަނީ ހޮނިހިރު ދުވަހުގެ ރޭ އަދި ރޭގެ ވަގުތުތަކުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގެ އިޒްރޭލުން ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
އިރާނުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށާއި ތެޔޮ ރައްކާކުރާ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި އިރާނުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށާއި ތެޔޮ ރައްކާކުރާ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ