މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު މާޖިދު އިއްޔެ ނިޔާވި އެވެ.
އޭނާގެ އާއިލާއިން ވަނީ އެކަން "އަދަދު" ނޫހަށް ކަށަވަރު ކޮށްދީފަ އެވެ. އޭނާ ނިޔާވިއިރު، އޭނާގެ އުމުރަކީ 59 އަހަރެވެ.
މެޒޯ މުހައްމަދު ނުވަތަ ކްރީމް މުހައްމަދުއަކީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ އިތުރުން ހުނަރުވެރި މިއުޒީޝަނެއް ވެސްމެ އެވެ. އަދި ގިޓަރިސްޓެއްގެ އިތުރުން އޭނާއަކީ މޮޅު ޑްރަމަރެއް ވެސްމެ އެވެ. އުމުރުން އެންމެ 11 ވަރަކަށް އަހަރުގައި 1977، ގައި މިއުޒިކްގެ ތެރެއަށް ވަން މުހައްމަދުގެ ނަމަކީ ރާއްޖޭގެ މިއުޒިކްގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭ ނަމެކެވެ. އޭނާގެ އަޑަކީ ދިވެހި އެތައް ހިތެއްގައި އުމުރަށް ރައްކާ ކުރާނެ ފަދަ ހިތްގައިމު އަޑެކެވެ.
ކްލަބް ކޯބްރާސްއިން މިއުޒިކުގެ ދުނިޔެއަށް ނުކުތް މުހައްމަދު ދިވެހި މިއުޒިކީ ޖައްވުގައި ފިޔަޖަހަން ފެށީ އޭނާގެ އަމިއްލަ މިއުޒިކް ބޭންޑު، މެޒޯ އުފެއްދުމަށްފަހު އެވެ. އޭގެ ކުރިން "ބޯން އިން އެމް" ގެ ނަމުގައި ވެސް އޭނާ ބޭންޑެއް އުފެއްދި އެވެ.
ހުލާސާކޮށް އިއްޔެ: މެޒޯ މުހައްމަދު ނިޔާވުން ހުލާސާކޮށް އިއްޔެ: މެޒޯ މުހައްމަދު ނިޔާވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ