އުމަރު އިސްވެ ކޯޓަށް ވެއްދި ދުސްތޫރީ ދައުވާގައި އެދިފައި ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް، ޗާގޯސް އައިލެންޑާގެ ސިޔާދަތީ ބާރުވެރި ކަމާ ބެހޭ ގޮތުން ފޮނުއްވި ސިޓީއަކީ ގާނޫނު އަސާސީއާ ހިލާފު ސިޓީއެއް ކަމަށް ކަނޑައަޅައި ދޭށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމި ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރާނެ ކަމަށް އެ މައްސަލަ ހުށައެޅުއްވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވި އުމަރުގެ އިތުރުން ރިޓަޔާޑް ލ. ކާނަލް ޒުބައިރު އަހުމަދު މަނިކާއި މުހައްމަދު މުސްތާގް އެވެ. އުމަރު އިސްވެ ކޯޓަށް ވެއްދި ދުސްތޫރީ ދައުވާގައި އެދިފައި ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް، ޗާގޯސް އައިލެންޑާގެ ސިޔާދަތީ ބާރުވެރި ކަމާ ބެހޭ ގޮތުން ފޮނުއްވި ސިޓީއަކީ ގާނޫނު އަސާސީއާ ހިލާފު ސިޓީއެއް ކަމަށް ކަނޑައަޅައި ދޭށެވެ. އަދި ގާނޫނު އަސާސީގެ ތިން ވަނަ މާއްދާ އާ ހަވާލާ ދީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ކަމަށް ވާތީ އެއީ މައްސަލަ ކޯޓަށް ގެންދިޔަ މައިގަނޑު ސަބަބު ކަމަށް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.ނަމަވެސް ކޯޓްގެ ރަޖިސްޓްރާ ވަނީ މައްސަލަ ރަޖިސްޓްރީ ނުކޮށްދީ މައްސަލަ ބޭރުކޮށްލާފައެވެ.އުމަރު ވިދާޅުވި ގޮތުގައި އެ މައްސަލަ ފަޑިޔާރުންގެ މަޖިލިހަށް އެޕީލް ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެއ2ެވެ. އަދި އަންނަ ހަފްތާގައި ސްޕްރީމް ކޯޓަށް އަލުން މައްސަލަ ހުށަައަޅާނެ ކަމަށް ވިދާޅުވިއެވެ.ރާއްޖެއާއި މޮރިޝަސް އާއި ދެމެދު، އިގްދިސާދީ ސަރަހައްދު ފުށުއަރާގޮތަށް އޮތް ހިސާބާމެދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުމަށް ވާސިލްވި އިރު ރައީސްގެ އެ ސިޓީފުޅަށް ރިއާޔަތް ކޮށްފައިވާ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ އެ ސިޓީގެ ސަބަބުން ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. އެ މައްސަލަ އިޓްލޮސް އިން ނިންމީ ރާއްޖެއިން މައްސަލަ ނިންމައިދިނުމަށް އެދުނު ގޮތަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރަޖިސްޓްރާގެ ނިންމުން ފަޑިޔާރުންގެ މަޖިލިހުގައި އިސްތިއުފާނު ކުރާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ