އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
އެމްއާރުއެމް އުވާލުން މަޑުޖައްސާލުމަށް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅޭގޮތުން އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ޕާޓީން ކުރަމުންގެންދާ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ތަފާތު ފަރާތްތަކަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކޮށްފައެވެ.
ނަމަވެސް އަބަދުވެސް ޔަގީން ކުރާކަމަކީ މި މައްސަލައިގައި އަދުލު އިންސާފު ގާއިމުކުރެވޭނެ ކަން ކަމަށް އެމްއާރްއެމުން ދެކެއެވެ.
އެހެންކަމުން އެމްއާރްއެމްގެ މަސައްކަތްތަަށް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ހުރިހާ ގޮފިތަކާއި، ކޮމެޓީތަކާއި، އަދި އެންމެހާ މެމްބަރުންގެ ކިބައިން އެމްއާރްއެމުން ނެރުނު ބަޔާނުގައި ވަނީ އެދިފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި އެމްއާރްއެމް އުވާލަން ނިންމީ މެންބަރުން ހަމަނުވުމުގެ ސަބަބުން ދެވަނަ ފަހަރަށް ނޯޓިސް ދީގެންވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް، 3،000 މެމްބަރުން ހަމަނުވެގެންނެވެ.
ޕާޓީ އުވާލަން ނިންމާފައިވާ ނިންމުމަކީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި އެޕާޓީގެ އިސް ފަރާތަތަކުން ސިފަކުރާތީ ހެޔޮ ނިޔަތެއް އޮތްނަމަ މި މައްސަލަ ކަމާއިބެހޭ މުއައްސަސާތަކަށް ހުށައަޅުއްވައިގެން ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ އެދިވަޑައިގެންފައެވެ.
ވީނިއުސްއިން ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން ހަބީބު ވަނީ އެމް.އާރް.އެމް އިން ހުށައެޅި ފޯމްތަކުގައި އިދާރީ މައްސަލަތަކެއް އުޅޭ ކަމަށާއި އޭގެ ތެރެއިން ބަލައިގަނެވޭފަދަ ހާލަތުގައި އޮތީ 66 ފޯމްކަން ފާހަގަކުރައްވާފައެވެ.
ހަބީބު ވިދާޅުވީ އެމް.އާރު.އެމްގެ މެންބަރުންނާއި އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި މިފަހުން އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން މެންބަރުން ޕާޓީން ވަކިވާން އެދުމުން އެކަން ކޮށްދީފައިވާ ކަމަށެވެ. އަދި ޕާޓީން ވަކިވާން އެދުމުން އެކަން ކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމުކަމެއް ކަމަށް ހަބީބު ފާހަގަކުރެއްވިއެވެ.
ހަބީބު އެ އިޝާރާތްކުރެއްވީ ރާއްޖެ-މޮރީޝަސް މައްސަލައިގައި ޕާޓީގެ މެމްބަރުންގެ ހިޔާލު ދެކަފިވެ މިފަހުން ޕާޓީންގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުމުގައި ޕާޓީން ވަކިވި މެމްބަރުންގެ ވާހަކައެވެ. މި މައްސަލައިގައި މައުލޫމާތު ދެއްވަމުން އޭރު އެމް.އާރު.އެމްއިން ބުނެފައިވަނީ ރަސްމީކޮށް އެއްވެސް މެމްބަރަކު ޕާޓީން ވަކިވިކަން އެނގިފައި ނުވާ ކަމަށެވެ.
ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކޭކަން ހާމަކުރައްވައި ފާރިޝް ވިދާޅުވެފައިވަނީ މިކަމުން އަންގައިދެނީ، ޤައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރާއި ޤައުމުގައި ޤާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު ކަމަށެވެ.
އަދި ޙައްޤުގެ މަގުގައި ސާބިވެ ތިބެ، ޤާނޫނީ އިމުން ބޭރުން ނިންމަވާފައިވާ މި ނިންމެވުމުގެ މައްޗަށް ކުރި ހޯދާނެކަމުގެ ޔަގީންކަންވެސް ފާރިޝްވަނީ މެންބަރުންނަށް ދެއްވާފައެވެ.
ފާރިޝްގެ އިތުރުން ރައީސް މައުމޫނުވެސް ވަނީ އިލެކްޝަން ކޮމިޝަނުން ޕާޓީ އުވާލަން ނިންމި ނިންމުމަކީ ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެމްއާރްއެމް އުވާލުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ