ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، މިއަދު މެންދުރުފަހު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެކުންފުނިން ވަނީ މިވަގުތުތަކުގައި އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
މީގެ ކުރިންވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަރަންޓްގެ ޚިދުމަތް ކަނޑާލައެވެ. ސްޓެލްކޯގެ ކަރަންޓްގެ ޚިދުމަތް ކަނޑާލާނަމަ ކުރިއާލައި އެކަން އާއްމުންނަށްދަނީ އަންގަމުންނެވެ.
މާލޭގެ ބައެއް ހިސާބުތަކުން މެންދުރުފަހު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ