މިފްކޯގެ ފަސްމީރުގެ ބާވަތްތައް ލަންކާގައި ތައާރަފްކޮށްފި

އަވަށްޓެރި ސްރީ ލަންކާގައި، މިފްކޯގެ 'ފަސްމީރު' ބްރޭންޑުގެ އުފެއްދުންތައް ތައާރަފްކޮށްފި އެވެ.
ތަފްސީލް - ލަންކާގެ ކޮލަމްބޯގައި އޮތް ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ، ރަސްމީ ދަތުރުފުޅެއްގައި މިހާރު ލަންކާއަށް ވަޑައިގެން އުޅުއްވާ ރައީސް މުހައްމަދު މުއިއްޒެވެ.
މިފްކޯއިން ބުނީ ލަންކާއަށް ފަސްމީރު ބްރޭންޑް ތައާރަފްކުރުމަކީ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިތުރަށް ފުޅާކުރުމަށާއި ރާއްޖޭން ކުރަމުންދާ ތިމާވެއްޓާ ރައްޓެހި މަސްވެރިކަން އިޝްތިހާރު ކުރުމުގެ މުހިއްމު މަސައްކަތެއް ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި:
ލަންކާއަށް ރަސްމީކޮށް ފަސްމީރުގެ އުފެއްދުންތައް ތައާރަފް ކުރީ އެ ގައުމުގެ ޑިވެލޮޕްމަންޓް އިންޓަޕްލޭން ސިލޯން ޕްރައިވެޓް ލިމިޓެޑް (ޑީއައިސީއެލް) އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން
މި އެއްބަސްވުމުގެ ދަށުން، ލަންކާގެ ހޮޓާތަކާއި ރެސްޓޯރެންޓް އަދި ކޭޓަރިން ދާއިރާއަށް ފަސްމީރުގެ އުފެއްދުންތައް ފޯރުކޮށްދީ، ރީޓެއިލް އަދި ހޯލްސޭލް ބާޒާރަށް ނެރޭނެ
މިފްކޯގެ އުފެއްދުންތައް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ލަންކާގެ ޓްރޭޑް އެންޑް ކޮމާސް މިނިސްޓަރު ވަސަންތަ ސަމަރަސިންހަ އާއި ދެ ގައުމުގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ