ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
މެމްބަރު އީސަ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާކަން ޕީޖީ އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކުން ކަމަށެވެ. އަދި އެފަދަ އަމުރަކަށް އެދޭނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކަމަށްވެސް ބުނެފައިވެއެވެ.
މެންބަރު އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައި މިވަނީ، އޭނާއާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށް އެ މައްސަލަ ބަލަމުންދާތީ އެވެ. އެ މައްސަލަ ހުށަހެޅީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެކެވެ.
މެމްބަރު އީސަ ހައްޔަރު ކުރުމުގެ އަމުރު ނެރުމަށް ޕީޖީން ކޯޓުގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ