ކަނޑުތައް ވަރަށް ގަދަ. ކަނޑުދަތުރު ނުކުރޭ! މޫސުން ގޯސްވަނީ: ދެކުނު އަތޮޅުތަކަށް ވެސް ބޯކޮށް ވާރޭވެހުމުގެ އިންޒާރު މިރޭ ނެރުނު ސަމާލު ރީނދޫއިން, ހުދަށް ބަދަލުކޮށް އަލުން ދަމަހައްޓައިފި އަނެއްކާވެސް ”ލައިފްޖެކެޓް” މަތިން ހަނދާން ނެތިއްޖެ މަގުބޫލު ލިޔުންތައް

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެކުނުގެ ސަރަހައްދުތަކަށް ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށާފައިވާ ކަމަށެވެ.
އާންމު ގޮތެއްގައި މޭ މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފަށައެވެ. އެއަށްފަހު މެދު ރާއްޖެތެރެއަށް މި މޫސުން ފެށި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބަލާ މިންގަނޑުތަކަށް ބަލާއިރު، ހުޅަނގު މޫސުން ފެށުނު ކަމަށް ކަނޑައަޅަނީ ބައެއް ކަންކަން ފުރިހަމަވުމުންނެވެ. އެގޮތުން، މޭ މަހުގެ އެއްވަނަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 ޕަސަންޓު ސްޓޭޝަނުން، ދުވާލެއްގެ މައްޗަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ ގިނައިން ވާރޭ ވެހިފައިވާކަން ރެކޯޑުކުރެވުން ހިމެނެއެވެ.
ވާރޭވެހޭ މިންވަރުގެ އިތުރުން ވައި ޖެހޭ ގޮތަށްވެސް މެޓް އޮފީހުން ރިއާޔަތްކުރެއެވެ. މޭ މަހުގެ އެކެއްގެ ފަހުން ދެކުނުގެ 60 ޕަސަންޓު ސްޓޭޝަންތަކުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރު މިނުގައި ވައި ޖެހުމަކީވެސް ހުޅަނގު މޫސުން ފެށުނުކަން ކަށަވަރުކުރާ މިންގަނޑެކެވެ. މިއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ