މާލޭ ސިޓީ ކައުންސިލުގެ ސެކެރެޓަރީ ޖެނަރަލް (އެސްޖީ)ގެ މަގާމުން ވަޖީހު ނަސީރު ވަކިކުރީ ގޯސްކޮށް ކަމަށް ނިންމައި ބަދަލުގެ ގޮތުގައި 239،000އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ސާވިސް ކޮމިޝަނަށް، ވަޒީފާއާ ބެހޭ ޓްރިބިއުނަލުން އަންގައިފި އެވެ.
ވީ ކިހިނެއް؟ - ވަޖީހު ނަސީރު މާލޭ ކައުންސިލުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ވަޒީފާ އަދާކުރަން ފެށީ 18 ފެބްރުއަރީ 2024ގަ އެވެ. އެކަމަކު އެ އަހަރުގެ 15 އޮގަސްޓުގައި ބޭއްވި ކައުންސިލުގެ ރަސްމީ ޖަލްސާއެއްގައި އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރަން ނިންމުމުން، ސިވިލް ސާވިސް ކޮމިޝަނުން އެކަން ބަލައި 29 ސެޕްޓެމްބަރުގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
ތަފްސީލް - ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ބަދަލު ހޯދަން ވަޖީހު ނަސީރު ހުށަހެޅުއްވީ، އޭނާ ވަޒީފާއިން ވަކިކުރީ ކޮން ސަބަބަކާހުރެކަން ނޭނގޭ ކަމާއި އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ބުނެ އެވެ. މި މައްސަލާގައި އޭނާ އެދުނީ:
އޭނާ ވަޒީފާއިން ވަކިިކުރީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށް ނިންމައިދިނުމަށް
ބަދަލުގެ ގޮތުގައި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށްވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް
މިދިޔަ ބުރާސްފަތި ދުވަހު ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމީ:
ވަޖީހު ނަސީރު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާ ކަމަށް؛ އެކަމަކު މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަން ސާބިތުވާ ކަމަށް
ބަދަލުގެ ގޮތުގައި 239،026ރ. މަސްދުވަސް ތެރޭ ދެއްކުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައިވޭ
އެ ނިންމުމުގައި ބުނީ، ވަޒީފާގައި ހޭދަވެފައިވަނީ ވަރަށް ކުރު މުއްދަކަށްވެފައި، ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ބުރަ ކަމާ އަޅާބަލާއިރު ކައުންސިލުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ނެތް ކަމަށް ބުނެ، އިތުބާރު ނެތްކަމަށް ނިންމުމަކީ އެންމެ އިންސާފުވެރިގޮތެއް ނޫން ކަމަށެވެ.
އެނގުން މުހިންމު - އެސްޖީ ވަޒީފާގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަަމައަށް އަދާކުރައްވަމުން ނުދާތީ، ކައުންސިލުގެ ގިނަ މަސައްކަތްތަކެއް ބޮއްސުންލައިި އެ އިދާރާއަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް ވިދާޅުވެ، ވަޖީހު ނަސީރުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުއްވީ އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ ގޮތުގައި އޭރު ހުންނެވި އަހްމަދު ނަރީޝް އެވެ.
ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް-ޕީއެންސީގެ ބޮޑު މެޖޯރަޓީއެއް އޮންނަ މާލޭ ކައުންސިލުގައި އެކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ވަޖީހު ވަކިކުރަން ނިންމީ އެ ބައްދަލުވުމުގައި ބައިވެރިވި ދެ މެމްބަރުން ފިޔަވައި ހުރިހާ މެމްބަރުންގެ ތާއީދާ އެކު އެވެ.
އިތުބާރު ނެތް ކަމަށް ބުނެ ވަކިކުރި މާލޭ ކައުންސިލުގެ އެސްޖީ ނަސީރަށް 239،000ރ. ދޭން ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ