ލޭލިބުން ދަތިވުމާ ގުޅިގެން ޤައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
އެމްޑަބްލިއުއެސްސީން ލޭހަދިޔާކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، މޯލްޑިވްސް ބްލަޑް ސަރވިސް އާ ގުޅިގެންނެވެ. ޤައުމީ ފެންކުންފުނިން ބުނީ، މި
ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ، ބްލަޑް ސަރވިސްއިން މިހާރު
އިޢުލާނުކޮށްފައިވާ ލޭގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ބޭނުންވާ ލޭ
ލިބުމުގެ ދަތިކަމަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ،
އެމް.ޑަބްލިޔު.އެސ.ސީ ގެ ފަރާތުން ފޯރުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން
އަންގައިދިނުމާއި އެކަމަށް މީހުން ހޭލުންތެރިކުރުވުން ކަމަށެވެ.
ޤައުމީ ފެންކުންފުނީގެ މުއައްޒަފުން ލޭހަދިޔާކުރުން.. ފޮޓޯ: އެމްޑަބްލިއުއެސްސީ
މީގެ އިތުރުން ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅެމުންވެސް ފަސޭހަ މާހައުލެއްގައި މިފަދަ
އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ
ފުރުސަތު ތަނަވަސްކޮށްދިނުންވެސް ހިމެނެއެވެ.
އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސާރވިސް އިމާރާތުގައި ކުރިއަށް
ގެންދިޔަ މިހަރަކާތުގައި އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ
ބައިވެރިވެފައެވެ. ޤައުމީ ފެންކުންފުނިން ވަނީ، މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި
ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުންފުނީގެ މުވައްޒަފުން އިސްނަގައި ދެމުން އަންނަ އެއްބާރުލުމަށް ފާހަގަކޮށް ޝުކުރުދ އަދާކޮށްފައެވެ.
ޤައުމީ ފެންކުންފުނިންވެސް ލޭ ހަދިޔާކުރަން ނިކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ