ދިރާގު ގޭމާސް ގިލްޑުން ދޭ އައިފޯން 17 ލިބުނީ ނަސްރުއަށް

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ން ކުރިއަށް ގެންދިޔަ އައިފޯން 17 ޕްރޯމެކްސް ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.
ވީ ކިހިނެއް؟ - މި އަގުހުރި އިނާމު ލިބިފައިވަނީ މުހައްމަދު ނާހިލް ނަސްރު އަށެވެ.
ތަފްސީލް - މި އިނާމުގެ ނަސީބުވެރި ފަރާތް ހޮވާފައިވަނީ ޑީޖީޖީއަށް އޮންލައިންކޮށް ސައިން-އަޕްކޮށްގެން މި ގިވްއަވޭގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ލަކީޑްރޯއެއް މެދުވެރިކޮށެވެ.
ޑީޖީޖީން އަންނަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ފުރުސަތުތަކާއި ހާއްސަ އިނާމުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ޑީޖީޖީން އަންނަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާ އެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ