މާދަމާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

މާދަމާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ.
އެ ކުންފުނީގެ ސޯޝަލްމީޑިއާ އެކައުންޓުތަކުން ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މާދަމާ ހެނދުނު6:00 އާއި6:15 އާއި ދެމެދު ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ މާދަމާ ކަރަންޓު ކެނޑެނީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ކަމަށާއި، މިކަމުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ