ހަނގުރާމައިގެ ސަބަބުން، ރާއްޖޭން ބައިވެރިވާ އެންމެ ބޮޑު އެއް ފެއާ، 'އަރަބިއަން ޓްރެވަލް މާކެޓު' އޮގަސްޓު މަހަށް ފަސްކޮށްފި

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، ރާއްޖޭން އާންމުކޮށް ބައިވެރިވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމަށްވާ "އަރަބިއަން ޓްރެވަލް މާކެޓު" އަންނަ އޮގަސްޓް މަހުގެ މެދުތެރެއަށް ފަސްކޮށްފިއެވެ. މިއަހަރު އަރަބިއަން ޓްރެވަލް މާކެޓު، އަދި އޭޓީއެމް ޓްރެވަލް ޓެކްއާއި އައިބީޓީއެމް ބާއްވަން އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ އަންނަ މޭ މަހުގެ ހަތަރުވަނަ ދުވަހުން ހަތްވަނަ ދުވަހަށެވެ. އެކަމަކު އަރަބިއަން ޓްރެވަލް މާކެޓު އިންތިޒާމްކުރާ ފަރާތުން އިންސްޓަގްރާމްގައި ކުރި އިއުލާނެއްގައި ވަނީ، އަންނަ އޮގަސްޓު މަހުގެ 17ވަނަ ދުވަހުން 20ވަނަ ދުވަހަށް، އަރަބިއަން ޓްރެވަލް މާކެޓު ފަސްކޮށްފައިވާ ކަމަށެވެ. View this post on Instagram A post shared by ATM | Arabian Travel Market (@arabian_travel_market) އެ ނިންމުން ނިންމީ، އެ ފެއާގައި ބައިވެރިވާ ބޭރުގެ އެކި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވިސްނުމަށްފަހު ކަމަށް، އިންތިޒާމުކުރި ފަރާތުން ބުންޏެވެ. އެހެންވިޔަސް، އަރަބިއަން ޓްރެވަލް މާކެޓުގައި ބައިވެރިވާ ފަރާތްތަކަށް ދޫކޮށްފައިވާ ފާސްތައް، އާ ތާރީޚުތަކުގައި ބޭނުންކުރެވޭނެ ކަމާއި، އެ އިވެންޓު ރާވާފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން، އަރަބިއަން ޓްރެވަލް މާކެޓުން ދެއެވެ. އިސްރާއީލާއި އެެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކަށް 18 ދުވަސްވެފައިވާއިރު، މެދުކެނޑުމެއްނެތި ހަމަލާތައް އަންނަނީ ދެމުންނެވެ. ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށާއި، ތެލުގެ ވަސީލަތްތައްކުގެ އިތުރުން އެެހެން ސަރަހައްދުތަކަށް ވެސް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުންނެވެ. ހަނގުރާމައިގެ ސަބަބުން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގެ ހޮޓެލްތަކުގެ ބުކިންތައް ގާތްގަނޑަކަށް ހުއްޓި، ހޮޓެލުގެ އަގުތައްވެސް ވަނީ ދަށަށް ގޮސްފައެވެ. ފާހަގަކުރެވޭ ގޮތުގައި، ރާއްޖެ އަންނަ ގިނަ ފަތުރުވެރިން އަންނަނީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓްކުރުމަށް ފަހެވެ. ހަނގުރާމައިގެ ސަބަބުން އެމިރޭޓްސްއާއި ފްލައިދުބާއީން ދަތުރުތައް ހުއްޓާލި ނަމަވެސް، ބައެއް ސަރަހައްދުތަކަށް ވަނީ އަލުން ދަތުރުތައް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ