ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި އިއްޔެ ރާއްޖެ ވަނީ އިންޑިއާ 5-0 އިން ބަލިކޮށްފަ އެވެ. މި ބޮޑު ކާމިޔާބީއާ އެކު މުބާރާތުގެ ތާވަލުން ފެންނަނީ ސަރަަހައްދީ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފެންވަރެވެ.
ސާފްގެ ހަތް ގައުމު ވާދަކުރާ ފުރަތަމަ މުބާރާތުގައި މިހާތަނަށް ރާއްޖޭގެ ޓީމުން ދެއްކި ވަރުގެ ކުޅުމެއް އެހެން އެއްވެސް ބަޔަކަށް އަދި ނުދެއްކެ އެވެ. ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާ އެކު ތާވަލްގެ ކުރީގައި ހަމައެކަނި އޮތީކީ ނޫނެވެ. ފައިދާގެ ގޯލު 16 އެވެ. ދެން އެންމެ ކައިރިން ވާދަކުރާ ބަންގްލަދޭޝް އިތުރަށް އެއް މެޗު ކުޅެ ހަތް ޕޮއިންޓް ލިބުނު އިރު ފައިދާއަށް އޮތީ އެންމެ ދެ ލަނޑެވެ.
މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ކުރިއަށް ރާއްޖެ ތިން މެޗު އޮތް އިރު އެ ޝަރަފް ހޯދަން ބޭނުންވަނީ އެންމެ ފަސް ޕޮއިންޓެވެ.
ބެންކޮކްގައި މި މުބާރާތް ކުރިއަށްދަނީ ސާކް ސަރަހައްދުގައި ފުޓްސަލްގެ އެކަށީގެންވާ ކޯޓެއް ނެތުމުންނެވެ.
ރާއްޖެއަކީ ފުޓްސަލްއަށް މަޝްހޫރު ގައުމެކެވެ. ދިވެހި ކުޅުންތެރިން މުޅި އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އޮންނަ މުބާރާތްތަކުގައި ވާދަކުރެ އެވެ. އޭގެ ފައިދާ ގައުމީ ޓީމަށް ވަރަށް މުހިންމެވެ.
އުޒުބަކިސްތާނުގެ މޮޅު ކޯޗެއް ކަމަށްވާ ފާރޫކް ޒަކިރޯވްގެ ބެލުމުގެ ދަށުން ރާއްޖޭގެ ޓީމު ރަސްމީ ފުޓްސަލްގެ ހުނަރުތަކާ އެކު މިހާރު ދައްކަމުން އަންނަ ކުޅުމުން ކޮންމެ ދިވެއްސަކަށް ވެސް ލިބޭނީ އުފަލެވެ. ކުރިއަށް އޮތް ތިން މެޗުގައި ވެސް އެ ކުޅުން ފެންނާނެ ކަމުގެ ޔަގީންކަން ބޮޑެވެ.
ގައުމީ ފުޓްސަލް ޓީމުގެ މި ތާވަލް ފެނިފައި އުފާވޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ