ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޖަޒީލު މުހައްމަދުގެ ބަންުދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުހައްމަދު (47އ) އަކީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފަސްވަނަ މީހާ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުން
ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ)މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ)ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ)މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ)ޖަޒީލާމަންޒިލް / ހދ.ނޮޅިވަރަންފަރު، ޖަޒީލު މުހައްމަދު
މި ވައްކަމުގައި ޖުމްލަ ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވެ އެވެ. އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ އެންމެ 50،000 ދިވެހި ރުފިޔާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މި ވައްކަން ކޮށްފައިވަނީ ނަލަހިޔާ ރެސިޑެންސްގެ 8އޭ އެޕާޓްމަންޓުންނެވެ. އެ އެޕާޓްމެންޓަށާއި ވައްކަން ކުރި ދެ ތިޖޫރިއަށް ދީފައިވާ ގެއްލުން ފެންނަ ފޮޓޯ ރިޕޯޓެއް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.
ޖަޒީލުގެ ބަންދު މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ