ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ޖުމްހުރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި
މީސް މީޑިއާގައި ރައީސް ހިއްސާކުރެއްވި ޕޯސްޓްގައި ވަނީ ފަޟީލަތުލް އުސްތާޛުއްޝައިޚް
އަލް މަރްޙޫމް ޙުސައިން އަބްދުއްރަޙްމާންގެ ބަސްފުޅެއް ހިއްސާކުރައްވާފައެވެ.
"ހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ،
ރައްޔިތުންގެ މަޞްލަޙަތުތައް ރަނގަޅަށް ބަލަހައްޓާ، ޤާނޫނީ ގޮތުންނާއި
އިންސާނިއްޔަތުގެ ގޮތުން ފުރިހަމަ ޒިންމާ އުފުލާ، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި
ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ރައްޔިތުންގެ ފަރާތުން ކުރާ ރައްޔިތުންގެ
ވެރިކަމެވެ."
ޖުމްހޫރީ ދުވަހުގެ
މުނާސަބަތުގައި ރޭދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ވާހަކަފުޅު
ދައްކަވަމުން ރައީސް ވަނީ އެ
މަނިކުފާނުގެ ބައްޕާފުޅު މަރްހޫމު އައްޝައިޚް ހުސައިން އަބްދުއްރަހްމާން ލިޔުއްވި
"ދައުލަތާއި ވެރީންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް"
ގެ އެކި ސަފްހާތަކުގެ ވާހަކަފުޅުތައް ހިއްސާ ކުރައްވައިފައެވެ.
މިދިޔަ އެއް އަހަރުގެ ތެރޭގައި
ހިދުމަތް ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި ހުރިހާ މަސައްކަތެއް ކުރެއްވީ
ރައްޔިތުންގެ ފަޅީގައި ހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި
ސަރުކާރުގައި ސިޔާސީ ބަދަލު ހިފުމުގެ ރޫހެއް ދުވަހަކު ވެސް ނޯންނާނެ ކަމަށާއި އެމަނިކުފާނުގެ
ވާދަވެރިއަކަށް ވީތީ އަސާސެއް ނެތް ތުހުމަތެއްކޮށް ޖަލަށް ލައި، ބަންދުކޮށް އަނިޔާ
ދިން މަންޒަރެއް ވެސް މި ސަރުކާރުގައި ނުފެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ