މަންދީގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އެދިފައެއް ނުވާނެ އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން ގައުމީ މަޖިލީހަށް ހުށަހަޅަނީ އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅުން: ނަޝީދު އެމްޑީޕީގެ މުޒާހަރާތަކާ ގުޅިގެން

މިއީ ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށާއި މި ވަގުތުމީ ކައުންސިލް އިންތިޚާބަށް ތައްޔާރުވާންވީ ވަގުތު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ސުވާލަކީ މިއަދު، އެމްޑީޕީގެ އަހަރީ ދުވަހު ކުރަން ހެޔޮވާ ވަރުގެ ސުވާލެއް ވެސް ނޫން ކަމަށެވެ.
“އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އެކީގައި މަސައްކަތްކުރަން ފަށާ ވަގުތެއްގައި އަހާކަހަލަ ސުވާލެއް ނޫން ތިއީ.” ޞާލިޙް ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ގުޅުވަޑައިގަތުމާ ގުޅިގެން ޞާލިޙް ވިދާޅުވީ އެމަނިކުފާނަކީ ބަދަލު ހިފުމުގެ ރޫހު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އެކަން ނަޝީދަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
“މިވަގުތު ފުރަތަމަ ހޯދަންވީ އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް . އަދި އަމާޒު ހިފަންވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެކުގައި ތިބުމަށް ” ޞާލިޙް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ