އީ-ސިމް ނަގާއިރު ސެކިއުރިޓީ ފީޗާސްތައް އުރީދޫއިން އިތުރަށް ވަރުގަދަކޮށް، ކަސްޓަމަރުންގެ ރައްކާތެރިކަން ކުރިއަށްވުރެ ބޮޑަށް ކަށަވަރުކޮށްދީފި އެވެ.
އުރީދޫއިން ބުނީ އީ-ސިމްގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަލަށް އެޅި ފިޔަވަޅުތަކުގެ ބޭނުމަކީ އަމިއްލަ ސިމް ނޫން އެހެން ސިމެއް، މީހަކަށް އޮޅުވާލައިގެން ނުވަތަ ވަގަށް ނެގޭނެ މަގުތައް ބަންދުކޮށް މިއަދުގެ ޑިޖިޓަލް މާހައުލުގައި ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ.
އުރީދޫން ވަނީ މިހާރުގެ އޯޓީޕީ ވެރިފިކޭޝަނާ އެކު، އާ ޕްރޮސެސްގައި ކަސްޓަމަރުގެ އައިޑީ ޑޮކިއުމެންޓާއެކު ފޭޝަލް ރިކޮގްނިޝަން ހިމަނައި، އޮތެންޓިކޭޝަންގެ މުހިއްމު ދެވަނަ ފަށަލައެއް ހިމަނާފަ އެވެ.
މިގޮތުން އީ-ސިމް ސްވޮޕެއް ފަށަން ނުވަތަ ނިންމަން މަސައްކަތްކުރާއިރު އަސްލު މީހާގެ ފޮޓޯއެއް ވަގުތުން ފޮނުވަން ޖެހޭތީ އޮޅުވާލަން މަސައްކުރާ މީހާއަށް އެކަން ކުރަން އިތުރު ދަތިތަކެއް ދިމާވާނެ އެވެ.
އެޑްވާންސްޑް އޯސީއާރު އަދި ފޭސް އައިޑީ އިންޓަގްރޭޝަން އިތުރު ކުރިއެރުމަކީ ރިއަލް ޓައިމް ފޭސް އައިޑީ ވެރިފިކޭޝަނާއެކު ކަސްޓަމަރުގެ ގައުމީ އައިޑީ ކާޑުގެ ފޮޓޯއެއް އަޕްލޯޑް ކުރަން ޖެހެ އެވެ.
މީގެ ކުރިން ބޭނުންކުރާ ފަރާތްތަކަށް ކުރިއަށް ދެވޭނީ ހަމައެކަނި އޯޓީޕީ އާއި އައިޑީކާޑު ނަމްބަރަކުންނެވެ. މިގޮތުން އެއީ އެޑްވާންސް އޯސީއާރު (އޮޕްޓިކަލް ކެރެކްޓާ ރިކޮގްނިޝަން) ޓެކްނޮލޮޖީ އާއި ފޭޝަލް ވެލިޑޭޝަންގެ އެހީގައި މިހާރު އެޅިފައިވާ އިތުރު ފިޔަވަޅެކެވެ.
ފްރޯޑް ކޭސްއެއްގައި އަވަސް ހިދުމަތެއް ދިނުމުގެ މުހިންމު ކަމަށްޓަކައި މިހާރު އުރީދޫއިން ރޯލްބެކް އެސްއެމްއެސް ފީޗާއެއް ވަނީ ތައާރަފްކޮށްފި އެވެ.
އީ-ސިމް ސްވޮޕެއް ފައިނަލް ކުރުމުގެ ކުރިން އޮރިޖިނަލް ސިމް އޯނަރަށް ރޯލްބެކް ޔޫއާރްއެލް ހިމެނޭ އެސްއެމްއެސްއެއް ލިބޭއިރު، އެ ލިންކު މަސައްކަތް ކުރާނީ 72 ގަޑިއިރެވެ.
އެކަމުގެ ސަބަބުން އޮޅުވާލައިގެން ހިންގާކަމަށް ޝައްކުކުރެވޭނަމަ ކަސްޓަމަރުންނަށް އެ ބަދަލު އަވަހަށް އަނބުރާ ގެންދިއުމުގެ ފުރުޞަތު ފަހިވެ، ކަސްޓާމަރަށް ލިބޭ ގެއްލުން ކުޑަވެ، ރިއަލް ޓައިމްގައި ކޮންޓްރޯލް އަލުން އިއާދަކުރެވޭނެ އެވެ.
ދިވެހި ބަހާއި އިނގިރޭސި ބަހުން ވަގުތުން އެލާޓްތައް ކަސްޓަމަރުން ލިބިގެންދާނެއެވެ. އީ-ސިމަށް ބަދަލުކުރުމެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ވެސް އެސްއެމްއެސް އާއި އީމެއިލް ނޮޓިފިކޭޝަން މިހާރު ދިވެހި ބަހާއި އިނގިރޭސި ބަހުން ފޮނުވާނެ އެވެ.
އެ އެލާޓްތަކުގެ ސަބަބުން ވިޒިބިލިޓީ ރަނގަޅުވެ، ކަސްޓަމަރުންގެ ހޭލުންތެރިކަން އިތުރުވެ، ސިމް ޕްރޮފައިލަށް އަންނަ ކޮންމެ ބަދަލަކާ މެދު ދެފުށް ފެންނަ ގޮތް ތަކެއް އުފެދެ އެވެ.
އީ-ސިމް ނަގާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އުރީދޫއިން ވަރުގަދަކުރިއިރު އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ އިތުބާރު، ޑިޖިޓަލް ސޭފްޓީ އަދި އިނޮވޭޝަނަށް ދޭ އަހައްމިއްޔަތުކަން ކަށަވަރުކޮށްދީފަ އެވެ.
އުރީދޫ އީ-ސިމްގެ ސަލާމަތީ ފީޗާތައް ވަރުގަދަކޮށްފި އުރީދޫ އީ-ސިމްގެ ސަލާމަތީ ފީޗާތައް ވަރުގަދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ