ހަތަރު މެޗުން މޮޅުވެ ޒުވާން ނެޓްބޯޅަ ޓީމު ސެމީއަށް
އޭޝިއަން ޔޫތު ނެޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ހޯދި މޮޅާއެކު މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ. މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ރޭންކިންގެ އެންމެ ވަރުގަދަ ގައުމުތަކެވެ. އެއީ ވަރުގަދަ އިންޑިއާ، ސްރީ ލަންކާ، ހޮންކޮން، ސިންގަޕޫރު އަދި މެލޭޝިއާ އެވެ. ރާއްޖެ ހިމެނޭ ގްރޫޕް ބީއަކީ ދެވަނަ ފަންތީގެ ޓީމުތަކެވެ. މި ޓީމުތައް ވާދަކުރާނީ ކަޕް ޗެމްޕިއަން ކަމަށެވެ. ރާއްޖެއިން ވަނީ ސައުދީ އަރަބިއްޔާ، ޗައިނީސް ޓައިޕޭ، ޖަޕާން، އަދި ދެކުނު ކޮރެއާ އަތުން މޮޅުވެފައެވެ. ބަލިވީ ހަމައެކަނި ޕާކިސްތާނު އަތުންނެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޗައިނީސް ޓައިޕޭ އަތުން މޮޅުވީ 51-26 އިންނެވެ. ދެވަނަ މެޗުގައި 73-20ގެ ނަތީޖާއަކުން ސައުދީ އަރަބިއްޔާ ބަލިކުރިއިރު، ތިންވަނަ މެޗުގައި ދެކުނު ކޮރެއާ އަތުން މޮޅުވީ 129-03ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި އިއްޔެ ޕާކިސްތާން އަތުން ބަލިވީ 39-49 އިންނެވެ. މި މެޗުތަކާއެކު ރާއްޖެއަށް ވަނީ ގްރޫޕުގެ ދެވަނަ ލިބިފައެވެ. އެހެންކަމުން މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ބައްދަލުކުރާނީ ޗައިނީސް ޓައިޕޭއާއެވެ. ސެމީ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ވަނީ ހޮންކޮންގައި ބޭއްވި މުބާރާތެއްގައި ވާދަކޮށްފައެވެ. ޖޫންމަހުގެ ކުރީކޮޅު ބޭއްވި އެ މުބާރާތުން ރާއްޖެ ވަނީ ތިންވަނަ ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ