ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ނައިބަކަށް އިންތިހާބުކޮށްފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ނައިބުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ.
އެހެންވެ އެމްޑީޕީން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ނައިބުގެ މަގާމަށް ވާދަކުރަން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ވާދަކުރެއްވީ ޝަރީފާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.
އެމްޑީޕީން މިއަދު އާންމުކުރި އިންތިހާބުގެ ވަގުތީ ނަތީޖާގައިވާ ގޮތުން ނިހާދުގެ މައްޗަށް ޝަރީފު ކުރި ހޯއްދެވީ ހަތަރު ވޯޓުގެ ތަފާތަކުންނެވެ. ޝަރީފަށް 27 ވޯޓު ލިބިވަޑައިގެންނެވި އިރު، ނިހާދަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ. އިންތިހާބުގައި 50 މެމްބަރަކު ވަނީ ވޯޓުލައިފައެވެ. އެއްވެސް ވޯޓެއް ބާތިލުވެފައެއް ނުވެއެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވެސް ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ ނައިބުގެ މަގާމަށް ކުރިމަތިލައްވައިފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އަނބުރާ ނަން ގެންދަވައިފައެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުގެ ނައިބަކަށް ކެލާ ދާއިރާގެ މެމްބަރު ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ