ރައީސްގެ ކެމްޕެއިން މިއަދު ނިންމާލާނީ ރެލީއަކުން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ރެލީއެއް ބޭއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ނިންމައިފި އެވެ.
ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ބުނީ އެމަނިކުފާނުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ބާއްވާ ހިނގާލުން ފެށޭނީ މިއަދު 4:00 ގައި ސޯޝަލް ސެންޓަރު ކައިރިން ކަމަށެވެ. ހިނގާލުން ކުރިއަށް ގެންދާނީ މަޖީދީމަގުން އިރަށް ގޮސް ޖަނަވަރީ މަގުން ދެކުނަށް އަދި ހިތިގަސް މަގުން އިރަށް ގޮސް މޫން ލައިޓް ހިނގުމުން ދެކުނަށެވެ.
އަދި ކެމްޕެއިން ނިންމާލުމުގެ ގޮތުން އުސްފަސްގަނޑުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެ އެވެ. އެ ހަރަކާތުގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ހާއްސަ ދުއާއެއް ކުރުން އޮންނާނެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ނެގުން މާދަމާ އޮންނައިރު މިއަދު އިރޮއޮއްސި ހައެއް ޖެހުމާއެކު ކެމްޕެއިން ކުރުން މަނާވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ