ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ގޮވާލައްވައިފިއެވެ.
އިންތިހާބު ފަސްކުރަންޖެހޭ ފަދަ މާހައުލެއް އުފެދިއްޖެނަމަ، އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ދޭ މުހުލަތަށް އިންތިހާބު ފަސްކުރާނެކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް އެންމެ އޮތް ހުރިހާ ފިޔަވަޅެއް އެޅުވުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
"މިއާއެކު އަޅުގަނޑު ސަރުކާރަށް މި ގޮވާލަނީ ކައުންސިލް އިންތިހާބު ފަހުގެ ތާރީޚަކަށް ފަސް ކޮށްދެއްވުމަށް." މައުމޫން ވިދާޅުވިއެވެ.
މައުމޫންގެ އިތުރުން ބައެއް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ވަނީ އިންތިހާބު ފަސް ކުރުމަށް ގޮވާލައްވާފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ހަ މީހަކު މިހާރު ވަނީ ޕޮޒިޓްވެފައެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ހަތަރު ބިދޭސީ މުވައްޒަފުންނާއި ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދި ކުރި ދެ ފަތުރުވެރިންނެވެ. މި އެންމެން ވެސް މިހާރު ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމަށް މައުމޫން ވެސް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ