އިސްރާޢީލްގެ ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން. ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވެރިވާން ކްރިމިނަލް ކޯޓުން ޖަމްބަލް ސޭލެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަމްބަލް ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ (10 ނޮވެމްބަރ)ގެ މެންދުރު ފަހު 16:00 ން ރޭގަނޑު 22:00 ގެ ނިޔަލަށް ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު ސަރަހައްދުގައެވެ.
މިއީ މިހާތަނަށް ކޯޓާއި ކުލަބާ ގުޅިގެން ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.
މި ހަރަކާތްތައް ހިންގައިގެން ލިބޭ ފައިސާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ރެޑްކްރެސެންޓް މެދުވެރިކޮށެވެ. މި ސޭލް ކުރިއަށް ގެންދިއުމުގައި ކޯޓުގެ މުވައްޒަފުންގެ އިތުރުން މިހާރުވެސް އެތައް ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި، އެ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ކޯޓުގެ އޮފިޝަލް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ޖަމްބަލް ސޭލްއާ ގުޅޭ ޕޯސްޓަރ
ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ފަރާތުން ފަންޑު ރައިޒް ކުރުމުގެ ގޮތުން ކޯޓުގައި ފަންޑު ފޮއްޓެއްވެސް ވަނީ ބަހައްޓާފައެވެ. މި ފަންޑަށްވެސް ފައިސާ ލިބެމުން އަންނަ ކަމަށް އެ ކޯޓުން މަޢުލޫމާތު ދެއެވެ.
ކްރިމިނަލް ކޯޓުން ފަލަސްތީނަށް އެހީވުމަށް ޖަމްބަލް ސޭލެއް ބާއްވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ