ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ޕީއެންސީއަށް

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދައިރާގެ މެންބަރު އިބްރާޙީމް ނަސީމް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފިއެވެ.
މެންބަރު ނަސީމް އެ ޕާޓީއާއި ގުޅިވަޑައިގެންކަން ހާމަކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިސް (ޕީޕީއެމް) އިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
Rayyithunge Majlis ge Thulusdhoo dhaairaage Izzaitheri Member ⁦@IbreyNaseem⁩ PNC aa gulhivadaigenfi. Maruhabaa Naseem pic.twitter.com/w6YVfgeyBD
— Progressive Party of Maldives (@ProgressPartyMV) October 29, 2023
މެންބަރު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތީ، އަމިއްލަ ގޮތުން އެ ގޮނޑިއަށް ވާދަ ކުރައްވައި މިނިވަން މެންބަރެއްގެ ގޮތުގައެވެ.
ނަސީމް ޕީއެންސީއާއި ގުޅިވަޑައިގަތުމުން ފޯމާއި ހަވާލުވެވަޑައިގެންނެވީ، ޕީއެންސީގެ ޗެއާ ޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. މެންބަރު ނަސީމް ޕީއެންސީއަށް ސޮއިކުރުމާއެކު، މިހާރު އެޕާޓީ ތަމްސީލު ކުރައްވާ ފަސް މެންބަރުން މަޖިލީހުގައި ތިއްބައްވާނެއެވެ. އަދި އިދިކޮޅު 4 މެންބަރުންނާއި އެކު ޖުމްލަ މެންބަރުންގެ އަދަދު 9 އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ