އިންޑިއާ އިން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާ އިން ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ 11.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ އިންޑިއާގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކެރަލާގެ އަވަށަކުންނެވެ.
ކެރަލާގެ ނޫސްތަކުގައި ބުނެފައިވަނީ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިމައްސަލައިގައި ހައްޔަރުކުރި ތިން މީހުން ދަތުރުކުރަމުން ދިޔަ ކާރުގެ ތެރެއިން ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ ހަޝިސް އޮއިލް ކަމަށާއި މިތަކެތީގެ މަގުމަތީގެ އަގު ދިވެހި ރުފިޔާއިން ނަމަ 26.7 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
އޮފިސަރު އިތުރަށް ވިދާޅުވީ ކެރަލާއަށް މަސްތުވާތަކެތި އެތެރެކޮށްފައިވަނީ އިންޑިއާގެ އަންދްރަޕްރެދޭޝް އިން ކަމަށެވެ. އަދި ކެރަލާއަށް އެތެރެކުރި މަސްތުވާތަކެތިން ބައެއް އިންޑިއާ އިން ބޭރުކޮށްފައިވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މިމައްސަލައިގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ