ހަސަންގެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މެދު ހެންވޭރު ދާއިރާ އަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސާބިތު ދަރަންޏެއް އޮވެ، އެ ދަރަންޏާ އެއްގޮތަށް ފައިސާ ނުދައްކާތީ ހަސަން ޝިޔާމް ހުށަހެޅި ފޯމު އިލެކްޝަނުން ވަނީ ބަލައި ނުގެންފައެވެ. މި މައްސަލައިގައި މިއަދު ހުކުމްކޮށްފައިވަނީ ވީބީ ހަސަންގެ ކެންޑިޑެންސީ ފޯމު ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެމައްސަލަ ވީބީ ހަސަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ.މި މައްސަލަ ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި ނިމެންދެން އޭނާގެ ކެންޑިޑެންސީ ފޯމު ބަލައި ނުގަންނަން ނިންމި ނިންމުން މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި ނަމަ ދެން އެކަމާ މެދު ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުގައިވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ