މިއަދު އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ އިބްރާހިމް ނާޒިލް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަން ގާތްގަނޑަކަށް ކަށަވަރު ވެއްޖެއެވެ.
ނާޒިލްގެ އަކީ ޤާނޫނީ ވަކީލް ހިސާން ހުސައިންގެ ފިރިކަލުންނެވެ.
މިހާތަނަށް އެދާއިރާގެ ދެފޮށީގެ ނަތީޖާ ސާފުވެފައި ވާއިރު ނާޒިލް އުޅުއްވަނީ ބޮޑު ތަފާތަކުން ކުރީގައެވެ.
މިހާތަނަށް ނާޒިލް 492 ވޯޓް ހޯއްދެވިއިރު ދެވަނައިގައި އޮތް ޑރ.އަހްމަދު އަދީލް ނަސީރަށް ލިބުނީ 156 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓް އަހްމަދު ލަތީފް 22 ވޯޓް ހޯއްދަވާފައި ވާއިރު އަމިއްލަ ކެންޑިޑޭޓް މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަށް ލިބިފައި ވަނީ 21 ވޯޓެވެ.
(ތަފްސީލް އަންނަނީ)
ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ހިސާންގެ ފިރިކަލުން ކާމިޔާބުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ