އެމަނިކުފާނަށްކަމެއް ކޮށްދެއްވާކަމުގައި ވަނީނަމަ މަޖިލީސް އިންތިހާބުގައި މިފަހަރު އުނގޫފާރު ދާއިރާއަށްވާދަކުރައްވާ އިލްހާމް އަހުމަދު އެ ދާއިރާގެ ގޮނޑީގައި ބައިންދާލަ ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.
މިއަދު ކުއްލި ގޮތަކަށް ރައީސް ޔާމީން ދެއްވާފައިވާ އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ، މި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އުނގޫފާރު ގޮނޑި ގެއްލިގެން ދާން ނޭދޭ ކަމަށާއި، މި ގޮނޑި އިލްހާމަށް ދިނުމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ.
އަދި ރައިސް ޔާމީންގެ ބަހެއް އަހާނެ ކޮންމެ މީހަކު މިއަދު އިލްހާމަށް ވޯޓް ދެއްވާ އިލްހާމް މި ގޮނޑީގައި ބައިންދާލަ ދިނުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އުނގޫފާރު ދާއިރާއަށް ކުރިމަތި ލައިގެން އުޅުއްވާ މަތީނަށް އެއްވެސް ތާއީދެއް ނުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ތާއީދު ކުރައްވަނީ އިލްހާމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
އިތުރަށް ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ފަރާތުން އެއްވެސް މަންދޫބެއް ފޮނުއްވާފައި ނުވާކަމަށާއި، އެމަނިކުފާނުގެ ނަމުގައި އެފަދަ ކަންކަން ނުކުރުމަށް ގޮވާލާ ކަމަށެވެ.
އަޅުގަނޑަށް ކަމެއް ކޮށްދެއްވަންޏާ އިލްހާމް އުނގޫފާރު ދާއިރާގެ ގޮނޑީގައި ބައިންދާލަ ދެއްވާ – ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ