ރައީސް ޔާމީނު ޕީއެންސީގެ އާ ލީޑާޝިޕާ ބައްދަލުކުރައްވައިފި

ރައީސް ޔާމީނު ޕީއެންސީގެ އާ ލީޑާޝިޕާ ބައްދަލު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ކޮންްރެސް ޕާޓީގެ އާ ލީޑަޝިޕްގައި ހިމެނޭ ބޭފުޅުންނާ ބައްދަލުކުރެއްވީ މިއަދު ކަމަށެވެ.
އެމަނިކުފާނު ވަނީ ކޮންގްރެސް ޕާޓީގެ އާ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށް މަރުހަބާ ދަންނަވައިފައެވެ. ނިހާން ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީއަށް ވާނެކަމުގައެވެ.
އިއްޔެ ބޭއްވި ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންސީ)ގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސް ކަމަށް ވޯޓަކާ ނުލައި އިންތިޚާބުވެވަޑައިގެންނެވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. ފާޓީގެ ނައިބު ރައީސްގެ މަގާމަށް އަހުމަދު ނިހާން ހުސެއިން މަނިކު އާއި ލަންކާގެ ކުރީގެ އެމްބެސެޑަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު)، އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާއު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ހޮވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ