ރައީސް ޔާމީން ގެއަށް ބަދަލުކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލު ކޮށްފި އެވެ.މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކޮށްފައިވާ ޓްވީތެއްގައި ބުނެފައިވަނީ ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ  އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.އެމަނުކުފާނު ގެއަށް ބަދަލުކޮށްފައި މިވަނީ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށް ސަރުކާރުގެ ތެރޭގައި މަޝްވަރާކުރެއްވުމަށްފަހު އެވެ. އަދި އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްފައިވަނީ މިރެއެވެ. އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވާފައިވަނިކޮށެވެ.ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ