މާލޭގައި ޒުވާނުން މިއުޒިކް އަޑުއަހާލަން މަރުކަޒެއް ހެދުމަށް ގޮވާލާ ޤަރާރާ ދެކޮލަށް އެމްޕީ އިސްމާއިލް އަހުމަދު ވޯޓު ދެއްވުމުން ގިނަ ބައެއްގެ ތައުރީފް
ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މާލޭގައި ޒުވާނުން މިއުޒިކް އަޑުއަހާލަން މަރުކަޒެއް ހެދުމަށް ގޮވާލާ ޤަރާރާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 2 މެންބަރުންނެވެ. އެއީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ މި ގަރާރު 46 މެންބަރުންގެ އަގުލަބިއްޔަތުން ފާސްވި ނަމަވެސް ދުވާފަރު ދާއިރާގެ މެންބަރު މި ބިލާ ދެކޮޅު ހައްދަވާފައި ވާތީ ގިނަ ބަޔަކު އަންނަނީ އިއްސެ އަށް ތައުރީފް ކުރަމުންނެވެ.ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި ބައެއް މީހުން ސިފަކޮށްފައިވާ ގޮތުގައި އިއްސެ އަކީ އިސްލާމްދީނަށް ލޯބި ކުރާ އިސްލާމްދީނުގެ އުސޫލު ދެމެހެއްޓުމަށް މަސައްކަތް ކުރާ ނަމޫނާ މެންބަރެކެވެ.ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަޖިލީހަށް ހުށައެޅުއްވި މި ޤަރާރާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި ގިނަ ދީނީ އިލްމުވެރިން ވެސް ވަނީ މި ޤަރާރަށް ފާޑު ވިދާޅުވެފައެވެ.މި ގަރާރާރުގައި ގޮވާލާފައި ވަނީ ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކު އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށް، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށާއި ކަމާ ގުޅުންހުރި ވުޒާރާތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް އާރޓްސް ކަލްޗާ އެންޑް ހެރިޓޭޖުން އިސްނަގައިގެން މިފަދަ މަރުކަޒެއްގެ މަސައްކަތް ފެށުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ