ރާއްޖެއާ ދުރުގައި ތޫފާން ގުލާބު، ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެ

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކިހިސާބަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް 24 ގަޑިއިރުވެސް ކުރަމުންދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ގަދަވެ ވިއްސާރަކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް އެ ވިއްސާރަ ކުރަމުންދާނެތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރި އެވެ.
ހާއްސަކޮށް ދަތުރުކުރާ ފަރާތްތަކުންނާއި ހައިވޭ އަދި ބުރިޖުގައި ދަތުރުކުރާ އިރު، މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
މެޓް އޮފީހުން ބުނީ، ރާއްޖެއާ ދުރުން ބޭ އޮފް ބެންގާލުގެ ހުޅަނގުއުތުރުގައި ”ގުލާބު“ ނަން ދީފައިވާ ތޫފާނެއް އުފެދިފައިވާ ކަމަށެވެ. އެ ތޫފާން ހުޅަނގަށް ދަތުރުކޮށް، މިރޭގެ ވަގުތެއްގައި އިންޑިއާގެ އިރުމަތީ އައްސޭރި ހުރަސްކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ