ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ހުދު އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށާއި ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހއ. އަތޮޅުން ޅ. އަތޮޅަށް ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ކ. އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ.
ހއ. އަތޮޅުން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 9:30 އިން ހަވީރު 16:00 އަަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ