އަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އ.ދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވެއްޖެއެވެ.
ރޭ ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެ ވަޑައިގެންކަމަށާއި ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ބަލީގެ އަސަރު ކޮންމެވެސް ވަރަކަށް އެބަހުރިކަމަށް ޓްވީޓުގައި ފާހަގަކޮށްފައި ވެއެވެ. އެމަނިކުފާނު ހުންނެވީ ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކުރައްވައިގެންނެވެ.
އދ. ގެ މަސައްކަތްތައް ކުރެއްވުމަށް ޓަކައި ޝާހިދު މިހާރު ދިރިއުޅުއްވަނީ އެމެރިކާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ