ސުޕްރީމް ކޯޓުގެނިންމުންތަކަށް އެންމެން ވެސް ތަބާވެ އަމަލު ކުރުމަށް ގޮވާލައިފި
ސްޕްރީމް ކޯޓުގެ އެންމެހައި ހުކުމް ތަކާއި އަމުރު ތަކާއި ނިންމުން ތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެ ކޯޓުގެ ނިންމުންތަކަށް އެންމެން ވެސް ތަބާވެ އަމަލު ކުރުމަށް ސްޕްރީމް ކޯޓުން ގޮވާލައިފިއެވެ.ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އަދި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެންމެހާ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ބުނެފައިވާ ކަމަށެވެ.އެހެން ކަމުން އެ ކޯޓުގެ ނިންމުން ތަކަށް ދައުލަތުގެ އެންމެހައި ބާރުތަކުން ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށް ސްޕުރީމް ކޯޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ