ކޯޓުގެ ކޮށިގަނޑުގެ ތެރޭގައި ހުންނަވައި ރައީސް ޑރ. މުރްސީ ރިޔާސީ ޤަރާރެއް އިއްވަވައިފި

ކޯޓުގެ ކޮށިގަނޑުގެ ތެރޭގައި ހުންނަވައި، ޖެނެރަލް ސީސީ އާއި ޖެނެރަލް އިބްރާހީމް މަޤާމުން ވަކި ކުރައްވައި، ރައީސް ޑރ. މުރްސީ ރިޔާސީ ޤަރާރެއް އިއްވަވައިފިމިޞްރުގެ ރައީސް ޑރ. މުޙައްމަދު މުރްސީގެ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށްލި މީހުން، އިއްޔެ މިޞްރުގައި ކުރިއަށް ގެންދިޔަ އެމަނިކުފާނުގެ “ޝަރީޢަތު”ގެ މަޖިލީހުގައި، ކޯޓުގައި ހުންނަވައިގެން، އެމަނިކުފާނު ވަނީ ރިޔާސީ ޤަރާރެއް ނެރުއްވައި މިޞްރަށް އިންޤިލާބު ގެނައި، ސިފައިންގެ ވެރިޔާ ޖެނެރަލް ސީސީ އާއި މިހާރުގެ ހޯމްމިނިސްޓަރު ޖެނެރަލް މުޙައްމަދު އިބްރާހީމާއި ދެމީހުން މަޤާމުން ވަކި ކުރެއްވިކަން އިޢުލާނު ކުރައްވާފައެވެ.މިޞްރުގެ ދުވަހު ނޫހަކުން، ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުވި ފަރާތްތަކާ ޙަވާލާދީ ބުނެފައިވާ ގޮތުގައި، އިއްޔެ ބޭއްވުނު ޝަރީޢަތުގެ ފުރަތަމަ މަޖިލީހުގައި ޑރ. މުރްސީގެ ޝަރީޢަތުގެ ނަމުގައި ކުރިއަށް ގެންދިޔަ މިކަންތައްތަކުގެ ތެރޭގައި ސާބިތުކަމާއެކު ޑރ. މުޙައްމަދު މުރްސީވަނީ އޭނާއަކީ މިޞްރުގެ އިންޤިލާބީންނަށް ފާޅުގައި ފާޑުވިދާޅުވެފައެވެ.ޢަރަބި ޚަބަރުފަތުރާ ބައެއް ވަޞީލަތްތަކުން ބުނާގޮތުގައި، މިޞްރުގެ ޝަރީޢަތުގެ މަޖިލީހަށް މީހުން ވައްދަނީ ހުދު ކުލައިގެ ބޮއިލިން ސޫޓްގައެވެ. އެމީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ނޫކުލައިގެ ހެދުމަކަށް ބަދަލުވެއެވެ.އެހެން ނަމަވެސް ރައީސް ޑރ. މުރްސީ އެކަމާ ދެކޮޅު ހެއްދެވި ކަމަށާއި، ޑރ. މުރްސީ ކޯޓަށް ވަޑައިގެންނެވީ ކޯޓުފަޓުލޫނުގައި ކަމަށްވެސް ނޫސްތަކުން ޚަބަރު ދެއެވެ. ނޫސްތަކުން ޚަބަރު ދޭ ގޮތުގައި، ރައީސް ޑރ. މުރްސީ އާއި މުޚާޠަބު ކުރުމުގައި ފަނޑިޔާރު “ތުހުމަތު ކުރެވިފައިވާ މީހާ މުރްސީ” އޭ ބުނުމުން ވަގުތުން ރައީސް ޑރ. މުރްސީ އެއަށް ރައްދު ޖަވާބުގައި، “ރައީސް ޑރ. މުޙައްމަދު މުރްސީ (އޭ ކިޔާށޭ) ފަހެ އަހަރެންނަކީ ކަލޭގެ ރައީސް” އޭ ވިދާޅުވިކަމަށެވެ.އަދި ރައީސް ޑރ. މުރްސީ ވަނީ މިއަދުގެ ޝަރީޢަތަށް ވަކީލަކު ހަމަޖެއްސެވުމަށް އިންކާރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވާގޮތުގައި މި ޝަރީޢަތަކީ ބާޠިލު ޝަރީޢަތެކެވެ.މިސްރުގެ ސެކިއުލަރ އަސްކަރިއްޔާއިން ހިންގި ބަޣާވާތުގައި މުރްސީ ވެރިކަމުން ދުރުކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 3 ވަނަދުވަހުއެވެ. އެކަމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ވަނީ ހާހެއްހާ މީހުން މަރުވެފަ އެވެ. އަދި މުރްސީ ނިސްބަތްވާ މުސްލިމް ބުރަދަހުޑުގެ އެތައް ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ