ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރޭތީ، މާދަމާ ރެއިން ރެއިން ފެށިގެން ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ފާޑު ވިދާޅުވެއްޖެ އެވެ.
އެޗްޕީއޭގެ މި ނިންމުމަށް އިޝާރާތްކުރައްވަމުން މެމްބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ނިންމުންތަކުގެ ސަބަބުން ހީވަނީ ރައްޔިތުންނަށް ޖެއްސުން ކުރަން އުޅޭހެން ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތައް އެޅުން ނޫން ޙައްލެއް ނެތް ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އުޝާމް އިތުރަށް ވިދާޅުވީ، ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރާ ނިންމުމަކީ، އެތައް ބަޔަކަށް ބޮޑު ތަކުލީފަކަށް ވެގެންދާނެ ކަމަށެވެ.
"ބައެއް ފަހަރު އެބަހީވޭ އެޗްޕީއޭއިން އުޅެނީ ރައްޔިތުންނަށް ޖެއްސުންކުރަން ހެންވެސް. މިކަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށްވާނެކަމެއް. މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް." މެމްބަރު އުޝާމް ވިދާޅުވިއެވެ.
އެޗްޕީއޭއިން ނިންމާފައި ވަނީ މާދަމާ ރެއިން ފެށިގެން ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށެވެ. ނަމަވެސް ރޭގަނޑު 22:00 އާއި ހަމައަށް ފައިމަގުގައި ބޭރުގައި އުޅުމަށް ހުރަހެއް ނެތެވެ.
ރައްޔިތުންނަށް ޖެއްސުން ނުކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއްނެތް - މެމްބަރު އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ