މެމްބަރު ހިސާންގެ ބައްޕާފުޅު އަވަހާރަ ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިންގެ ބައްޕާފުޅު ހިތާދޫ ޝެއިޚް ހުސައިން ޔޫސުފް އަވަހާރަ ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ހުސައިން ޔޫސުފް އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ދެމުން ދަނިކޮށް މަނިޕާލް ހޮސްޕިޓަލުގައެވެ. ހުސައިން ޔޫސުފް އަވަހާރަވީ ގިނަ ދުވަސްވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށް ފަހުގައެވެ.
މަދީނާއިން ކިޔަވާ ވިދާޅުވި ހުސައިން ޔޫސުފކީ ހައިކޯޓް އުފެއްދުމަށްފަހު އެ ކޯޓަށް އައްޔަން ކުރެއްވި ފުރަތަމަ ދެ ގާޒީންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އެއް ބޭފުޅެވެ. ދަށު ކޯޓްތަކުގައި އެކި ފަހަރު މަތިން ފަނޑިޔާރުކަން ކުރެއްވިއެވެ. އަދި ޖަސްޓިސް މިނިސްޓްރީގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި އެވެ.
ހުސައިން ޔޫސުފަކީ ހިސާންގެ އިތުރުން އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ އެމެބެސަޑަރު ތިލްމީޒާ ހުސައިންގެ ވެސް ބައްޕާފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ