ކޮރަޕްޝަނުގެ ތުހުމަތުގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ފެލިވަރުގެ މެނޭޖިން ޑިރެކްޓަރު އަލީ އަހުމަދު ވެސް މަގާމުން ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކޮށްފައިވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ކަމަށް ރައީސްގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ ވިދާޅުވިއެވެ.
އަލީ އަހުމަދު ވަޒީފާއިން ވަކިކޮށްފައިވަނީ މިއަދުއެވެ.
ފެލިވަރުގެ ޗެއާރމަން މުހައްމަދު އިމްތިޔާޒު އިންތިގެ ކުންފުންޏަކަށް 2000 ދަޅު މަސް ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ކޮރަޕްޝަނުގެ ދައުވާ އަލީ އަހުމަދުގެ މައްޗަށް ކުރަން ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އަނޫ ފްރެޝް ފާމުގެ ނަމުގައި އުފައްދާފައިވާ މިކުންފުންނި މިހާރުވަނީ އުވިފައެވެ.
އެމައްސަލައާއި ގުޅިގެން އިންތިގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ އިރު، އޭނާ ވެސްވަނީ މަގާމުން ވަކިކޮށްފައެވެ. އިންތިވަނީ އޭނާގެ މައްޗަށް ކޮށާްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.
ފެލިވަރުގެ އެމްޑީ އަލީ އަހުމަދު ވެސް ވަޒީފައިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ