ރިޔާސީ އިންތިހާބުގެ ވޯޓްލުން 19 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަލުން ވޯޓްލުން މިމަހުގެ 19ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މިކަން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވަނީ ވީނިއުސް އަށް ޔަގީން ކޮށްދެއްވާފައެވެ.
ކޮމިޝަނުން ބުނީ އެދުވަހު ވޯޓް ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 07:30 އިން ހަވީރު 04:00 އަށް ކަމަށެވެ.
އަދި ވޯޓު ނަގާ ނިމޭތާ 30 މިނެޓް ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށާއި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 09:00 ޖަހާއިރު ކަމަށްވެސް އިލެކްޝަނުން ބުނެ އެވެ.
ކޮމިޝަނުން މިގޮތަށް ނިންމާފައި މިވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ރޭ ސުޕްރީމް ކޯޓުން ބާތިލްކޮށް އަލުން އިންތިހާބު ބޭއްވުމަށް ނިންމުމާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ބާއްވާ ދެވަނަ ބުރު ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ކުރިން ބާއްވަން ނިންމަންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ