އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގެ ކޮޕީއެއް އދ. އަށް!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދަށް ފޮނުއްވި ސިޓީ އދ.އަށް ހުށަހަޅައިފި އެވެ.
އަދީބު އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިލްތޯލަ އާއި ނާޒިމްއާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަމަކު ހަގީގަތް އެނގޭކަމަށާއި ހަގީގަތް ހާމަކޮސްދޭން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
މިސިޓީ އދގެ ވޯކިން ގުރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނަށާއި އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ޒައިދު ރާދް އަލް ހުސައިންއަށް ހުށަހެޅުއްވީ ކުރީގެ ފޮރިން މިނިސްޓަރު އަދި އދގެ ދީނީ މިނިވަން ކަމާ ބެހޭ ހާއްސަ ރެޕަޓުއަ ޑރ.އަހުމަދު ޝަހީދެވެ.
ޑރ ޝަހީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އޭނާ ވަނީ މީގެ ކުރިން، އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުދޭ ކަމަށް ބުނާ މައްސަލަ އދ. އަށް ހުށަހަޅާފައިވާކަން ހާމަކުރައްވާފައެވެ. އެކަމުގައިވެސް ފަހުން ވީގޮތެއް ހާމައެއް ނުކުރައްވަ އެވެ.
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލައިގަ އޭނާގެ މައްޗަށް ވަނި ޓެރަރިޒަމްގެ ދައުވާ އުފުލާ 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި އެވެ. އދގެ ވޯކިން ގުރޫޕުން ނާޒިމްގެ މައްސަލަ ބެލުމަށްފަހު ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ