މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި އަބްދުﷲ ރަޝީދުގެ ކުއްލި މަރުގެ ޒިންމާ އެނާއަށް ބޭއިންސާފުން ޙުކުމް ކުރެއްވި ފަނޑިޔާރުވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޤާނޫނީ ވަކީލާ ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ ސީޓީ ހިތަދޫގައި ހުކުރު ދުވަހުގެރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، އަބްދުﷲ ރަޝީދު މަރުގެން ދިޔައީ ބައެއްގެ އިޙްމާލުން ކަމަށެވެ. އަދި އަބްދުﷲ ރަޝީދު އެހާލުގައި މަރުވެގެން ދިޔައީ ބޭއިންސާފުން ކުރި ތަޙުޤީޤަށް، ޕީޖީން ދައުވާކޮށް ބޭއިންސާފުން އެނާގެ މައްޗަށް ޙުކުމް ކުރުމުން ކަމަށާ، ޖަލަށްލައި ބަލަންޖެހޭ މިންވަރަށް ނުބެލުމުން ކަމަށް ހިސާން ވިދާޅުވިއެވެ.
އެހެންކަމުން އަބްދުﷲ ރަޝީދުގެ މައްސަލައިގައި ދޮގު ހެކިބަސް ދިން ފުލުހުންވެސް އެނާގެ މަރުގެ ޒިންމާ ނަގަންޖެހޭއިރު، އަބްދުﷲ ރަޝީދުގެ މައްޗަށް ބޭއިންސާފުން ދަޢުވާކޮށް ކޯޓުގައި ވަކާލާތު ކުރި ވަކީލުވެސް މަރުގެ ޒިންމާ ނަގަންޖެހޭކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ފުލުހުން ދިން ދޮގު ހެކި ބަހުގެ މައްޗަށް ބިނާކޮށް އެއްފަރާތަކަށް ބުރަވެ، ހުކުމް ކުރެއްވި ފަނޑިޔާރުވެސް މަރުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ގިނަ ފަރާތަކެއްގެ އިހުމާލުން އަބްދުﷲ ރަޝީދު މަރުވެގެން ދިއުމުން، މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަށް އިންސާފުގެ ކުރިމައްޗަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.
މީގެ ދެ އަހަރު ކުރިން، 2015 އިގެ މެއި އެއް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފަސް އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަބްދުﷲ ރަޝީދުގެ މަރުގެ ޒިންމާ، އެނާއަށް ޙުކުމް ކުރެއްވި ފަނޑިޔާރު ނަގަންވަންޖެހޭ: ހިސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ