ސުޕްރީމް ކޯޓުގެ ނިންމުމާއި އެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަންޖެހޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވުމުން މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ވަގުތުން ނަގަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަަހަޅާފައިވާ  މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ހުކުމް ނެރުމާއި އެކު ގިނަ ހިޔާލުތަފާތުވުން ތަކެއް ވަނީ އުފެދިފަ އެވެ. އެކި ގާނޫނީ ވަކީލުން ވެސް ހުކުމް  މާނަކޮށްފައި ވަނީ އެކި ގޮތްގޮތަށެވެ. ހުކުމުގައި މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނުވަތަ ނޫން ކަމަށް ވެސް ސާފުކޮށް ބުނެފައެއް ނުވެ އެވެ. ހުކުމުގައި ބުނެފައި ވަނީ މި މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެވިފައިވާ މައްސަލައަށްވުމާއެކު މި މައްސަލައާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ދައުލަތުން ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ގޮނޑި ނުގެއްލޭ ކަމަށެވެ.
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ