ގާޒީ ހަސަންގެ މައްސަލަ ބަލަނީ ހައި ކޯޓަށް ނެގީ ކޮރަޕްޓް ފަނޑިޔާރުން ކަމަށް ވިދާޅުވެގެން

ހައި ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވި ކަމަށް ބުނެ ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އަންނަ އާދީއްތަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފި އެވެ.އިސް ގާޒީ ހަސަންގެ މައްސަލަ ބަލަނީ ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި، ހައި ކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓް ފަނޑިޔާރުން ކަމަށް ވިދާޅުވެފައި ވާތީ ކަމަށް ވަނީ އެނގިފަ އެވެ. އަދި އެ ފަނޑިޔާރުން "ހުރިހާ ކަމެއް ކުރަނީ ހިޔާ ބޮޑު ގަހެއްގެ ދަށުގައި ތިބެގެން" ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފައިވާ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެނގިފައިވެ އެވެ.އެ މައްސަލައާ ގުޅިގެން ކޮމިޝަނަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 11:00 އަށެވެ.އެކަމާ ގުޅިގެން ހަސަންގެ މައްސަލަ ބަލަމުންދަނިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ ފެމެލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ