ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ މައްސަލަ، އިންސާނީ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްކަމުގައިވާ، އެމްނެސްޓީ އިންޓަރނޭޝަނަލްއާ ހިއްސާކޮށްފިއެވެ.
ޤާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީ އިންޓަރނޭޝަނަލްއާ ހިއްސާ ކޮށްފައިވަނީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަމީން އިބްރާހީމާއި އެޕާޓީގެ އިސް މެންބަރެއް ކަމުގައިވާ ސޮބާހު ރަޝީދެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަމީން ހޯމަ ދުވަހު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ މައްސަލައާއި އެމަނިކުފާނަށް ދައްކަމުންދާ ބިރު އެމްނެސްޓީ އިންޓަރނޭޝަނަލާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ހައްޔަރު ކޮށްފައިވަނީ ޤާނޫން ތަކާއި ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކާއި ޤާނޫނީ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.
ގާސިމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީއާ ހިއްސާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ